Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު 16 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ ބެހުނު މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ 11 އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން ދައުވާ އުފުލި މ. މުނިޔާގެ، މާލެ، މުޙައްމަދު އަނިލް، 47، ގެ މައްޗަށެވެ.

އެ މައްސަލައިގައި އޭނަގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގުކޮށްފަ އެވެ. އެގޮތުން މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް އަނިލްގެ މައްޗަށް ހުކުންކުރީ މި މަހުގެ 15 ގަ އެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނަ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އިރު، ދައުވާއާ ގުޅިގެން އަނިލް ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ތަންފީޒުކުރަން ޖެހެނީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ.