މާލޭގައި މިހާރު ސިލްސިލާކޮށް އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް، އަހުމަދު މައިމޫން ޝަރުތުތަކެއް ކުރުމަށް ފަހު ކޯޓުން ދޫކޮށްލައިފި އެވެ.
އޭނަ ދޫކުރީ ހަތަރު ޝަރުތެއްކޮށްފަ އެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާ ނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، ރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.
ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު (ވާވާ) ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ.
ރޭގެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާދީފައިވާ އިރު، މުޒާހަރާ ކަވަރުކުރި ނޫސްވެރިންނަށް ވެސް ފުލުހުން ހުރަސް އަޅާފައިވެ އެވެ.
އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަނީ ރުކާރަށް 12 ޑިމާންޑެއް ކުރުމަށް ފަހު އެވެ.