Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހަތަރު މިލިއަންގެ ވައްކަމާ ގުޅޭ އިތުރު މީހަކު ހައްޔަރަށް

ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު، 47، އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 5 ދުވަސް ޖަހައިގަ ވެ.

މި މަހުގެ 16 ދުވަހު ފުލުހުންނަށް ހުށަހެޅި ވައްކަމާ ގުޅިގެން ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ޅ. ނައިފަރު، ކަސްތޫރިމާގޭ، މުޙައްމަދު ނޫރު އަޙްމަދު، 40، އާއި އައްޑޫ މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް، 40، އާއި ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް، 36، ގެ އިތުރުން މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް، 39، އެވެ

މި ވައްކަމުގައި 4،000،000 މިލިއަން ރުފިޔާ ނަގާފައިވާ އިރު، އޭގެ ތެރެއިން 50،000ރ. ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.