މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށް ވެސް ބުންޏެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.
މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.