އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ އާ އަލްބަމް 'ކޮނަކޮލް' ނެރެފި އެވެ.
މި މަހުގެ 17 ގައި ނެރުނު މި މި އަލްބަމަކީ އޭނަގެ 2024 ގެ އަލްބަމް 'ރޫމް އަންޑާ ދަ ސްޓެއާސް' ގެ ޕޮލޯއަޕެއްގެ ގޮތުގައި ނެރުނު އަލްބަމެކެވެ.
މާކިއުރީ ރެކޯޑްސްގެ ތައްގަނޑުގައި ނެރުނު 'ކޮނަކޮލް' އަކީ ޒޭންގެ ފަސް ވަނަ ސްޓޫޑިއޯ އަލްބަމެވެ.
މި އަލްބަމްގައި ޖުމްލަ 15 ލަވަ ހިމެނެ އެވެ. އެގޮތުން ޓްރެކް ލިސްޓްގައި ހިމެނެނީ ނުސްތަރު، ބެޓިން ފޯލްކް، ޔޫޒްޑް ޓު ދަ ބްލޫސް، ސައިޑްވޭސް، ފިފުތު އިލެމެންޓް، ޕްރެޔާސް، ސައިޑް އިފެކްޓްސް، މެޓް ޓުނައިޓް، ފޭޓަލް، ޓޭކް ޓާންސް، ބްލޫމް، ލައިކް އައި ހޭވް ޔޫ، ލަވިން ދަ ވޭ އައި ޑޫ، ބްރީތު އަދި ޑައި ފޯ މީ އެވެ.
ޒޭން، 33، ގެ އާ އަލްބަމެއް ދޫކޮށްލި އިރު، އޭނަ އަކީ ކުރީގެ މަޝްހޫރު ބޭންޑް، ވަން ޑިރެކްޝަނުން ވިދި ފަންނާނެކެވެ. އޭނަގެ ފުރަތަމަ ސޯލޯ އަމްބަކީ ބޭންޑް 2015 ގައި ރޫޅައިލުމާ އެކު 2016 ގައި ނެރުނު 'މައިންޑް އޮފް މައިން' އެވެ.