ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި އެވެ.
މިއަދު ދޫނިދޫގައި ނައްތާލައިފައި ވަނީ މި މަހުގެ 16 ގައި ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ނައްތާލައިފައި ވަނީ 138 ނެނޯ ކާޓްރިޖާއި ޑިސްޕޯސަބަލް ވޭޕާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެއްޗެވެ.
އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.
ރާއްޖެ އަށް ވޭޕާއި އެއާ ގުޅުން ހުރި ތަކެތި އެތެރިކޮށް، އެފަދަ ބާވަތްތަކުގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ މިހާރު މަނާ ކަމެކެވެ.