Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ޖަޕާނަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު

ޖަޕާނަށް މިއަދު ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ވެސް ދީފި އެވެ.

މީޑިއާތަކުން ބުނީ ރިކްޓާ މިންގަނޑުން 7.4 ބާރު މިނުގައި އެ ބިންހެލުން އައިސްފައި ވަނީ އެ ގައުމުގެ އުތުރުއިރުމަތީ ސަރަހައްދަށް ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7.5 ބާރުމިނުގައި ވެސް އެ ބިންހެލުމެއް އައިސްފައިވެ އެވެ.

މިއަދުގެ ބިންހެންލުމާ ގުޅިގެން ޖަޕާންގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ދީ އެލާޓް ލެވެލް ވެސް ރީނދުލާއި ރަތަށް ބަދަލުކޮށްފަ އެވެ.

ދޭތެރެ ދޭތެރެއިން ވަރުގަދަ ބިންހެލުންތައް އަންނަ ޖަޕާނަށް މި ފަހުގެ ތާރީހެއްގައި އެންމެ ވަރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 2011 ގަ އެވެ. އެ އަހަރޔ މާޗް 11 ގައި އައި ރިކްޓާ މިންގަނޑުން 9.1 ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ސުމާނީ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާގައި 19،759 މީހުން މަރުވެ، 6,242 މީހުން ޒަހަމްވެ އަދި 2,553 މީހުން ގެއްލިފައިވެ އެވެ.