Last Updated: May 4, 17:57
Sunday, May 4, 2025
ޚަބަރު

ހިތަދޫން ވަގަށް ނެގި ސައިކަލެއް ހޯދައި އޭގެ ވެރިފަރާތާްއި ހަވާލުކޮށްފި

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިތަދޫން ގެއްލުނު ސައިކަލެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާއި ހަވާލްކޮށްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޕަލްސާ ސައިކަލް ފެނިފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ހިތަދޫގެ ފަޅު ގޯއްޗަކުންނެވެ.

އައްޑޫގައި ވައްކަމާއި، ތޫނު އެއްޗެހި ބޭނުން ކޮށްގެން މީހުންނަށް ހަމަލާ ދެމުންދާ މައްސަލަ މިދުވަސްކޮޅު ވަނި އިތުރުވެފައެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ސައިކަލް ގެއްލުނު އިރު އެރޭ ވަނީ ހިތަދޫގައި ވިޔަފާރިވެރިއަކު އަނިޔާވެރި ގޮތަކަށް މަރާލާފައެވެ.

ކުށްކުރުން އިތުރުވުމާއި ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން، ފަޅު ގޯތި ބަލައި ޗެކް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.