Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ބަންދުކޮށްފި

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު (ޔޫޕީއެޗްސީ) ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ސެންޓަރު ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށެވެ. ޔޫޕީއެޗްސީ މިއަދު މެންދުރުފަހު 2:00 އިން ބުދަ ދުވަހުގެ ނިޔަލަށް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މި މުއްދަތުގައި އައިޖީއެމްއެޗް ޖެނެރަލް އޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި ވެކްސިން ޖެހުމުގެ ހިދުމަތް ދަމަނަވެށިން ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.