ސައޫދީ ޢަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ރާއްޖެ ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގައި ކަމަށެވެ. ފްލައިނަސް އަކީ 2997 ގައި އޮޕަރޭޓް ކުރަން ފެށި އެއާލައިނެކެވެ.
ސައުދީގެ ގައުމީ އެއާލައިން، ސައުދިއާ އަކީ މިހާރު ވެސް ރާއްޖެ އަށް ގަވައިދުން ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަ އެއާލައިނެކެވެ.
ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށާ ގޮތަށް ހަމަޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަލައިންތައް ހުއްޓާލާފައިވުމާ އެކު އިތުރު މާކެޓުތަކުން އެއާލައިންތައް ގެނައުމަށް ކުރަމުނ ް އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.
ރާއްޖެ އަށް މިހާރު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަޙައްދުގެ އެއާލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަޙައްދުގެ 16 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއާލައިނަކުން އަދި މެދުއިރުމަތީގެ 6 އެއާލައިނަކުން ދަތުރުކުރެ އެވެ.