Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

އިޒުރޭލުގެ އަޝްރާފުން ދިރިއުޅޭ ސަރަޙައްދަށް ހަމަލާއެއް

އިޒުރޭލުގެ އަޝްރާފުން ދިރިއުޅޭ ސަރަޙައްދަށް ޙަމަލާ ދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ މިސައިލް ޙަމަލާތަކެއް އިޒުރޭލުގެ އަޝްރާފުން ދިރިއުޅޭ އިޤުތިޞާދީ ޒޯންތަކުގެ ތެރެއިން ޒޯނަކަށް އަމާޒުވެ، ފަނާކުރަނިވި މަތީ ފެންވަރުގެ ގިނަ ޢަދަދެއްގެ އިޤުތިޞާދީ ދާއިރާގެ އަޝްރާފުންތަކެއްގެ ފުރާނަ ގެއްލިއްޖެއެވެ. އަދި ޚަބަރުތައް ލިބޭ ގޮތުގައި، 30 އަށް ވުރެ ގިނަ ވިޔަފާރިވެރިން ވަނީ، އެ ޙަމަލާތަކުގައި މަރުވެފަ އެވެ.

އޭގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވަނީ ބާރުގަދަ ބިންހެލުމުގެ ރާޅެއް އަރައިފި އެވެ.

އަދި އީރާނުގެ ޙަމަލާގެ ސަބަބުން އިޒުރޭލުގެ ފައިނޭންޝަލް ހަބުގައި ވަނީ އަލިފާން ރޯވެފައެވެ. އޭގެސަބަބުން އިޒުރޭލުގެ އިޤުތިޞާދީ ދާއިރާގެ މިސްރާބު ގެއްލި، ނިންމުންތައް ނިންމުގައި ބޮޑު ހުސްކަމެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ހެދި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އަރައިފާނެ ކަމަށް ބެލެވެ އެވެ.

އެއީ ހަމައެކަނި ފަނާކުރަނިވި އަސްކަރީ ޙަމަލާއެއް ނޫނެވެ. އެއީ ސީދާ އިޤުތިޞާދީ ބާރަށް އަމާޒުކޮށްގެން އީރާނުން ދިން ގެއްލުން ބޮޑު ޙަމަލާއެކެވެ. މިފަދަ ޙަމާލާތަކުގެ ސަބަބުން ހަމައެކަނި ހަލާކުވެގެން ދަނީ ޢިމާރާތްތަކެއް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އިތުބާރާއި، ވިޔަފާރިތަކާއި، އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އިޒުރޭލުން ގާއިމްކޮށްފައިވާ ވިޔަފާރީގެ އިއްތިހާދުތަކަށްވެސް އޭގެ އަސަރު ކުރާނެއެވެ.

ބޯޑުރޫމްތަކުން ފެށިގެން ހަނގުރާމައިގެ ސިޓުއޭޝަން ރޫމްތަކާ ހަމައަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. އިޤްތިޞާދީ އިސްވާރުން މަރުވުމުން އޭގެ އަސަރުތައް ހަނގުރާމައިގެ މައިދާނުން މާ ދުރަށް ފޯރަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.