Last Updated: May 16, 19:20
Thursday, May 16, 2024
ޚަބަރު

ކާނަލް ނާޒިމްގެ މައްސަލާގައި 'ސްވޮޓް" ޓީމްގެ ބަޔާން ނަގަނީ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓްގައި އިސްތިއުނާފްކޮށްފައިވާ އިރު އަންނަ ބުރާސްފަތި ދުވަހު އިތުުރު ބައެއްގެ ބަޔާން ނެގުމަށް ޝަރީއަތް ތާވަލް ކޮށްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައިކޯޓުގައި ނާޒިމްގެ މައްސަލާގެ އަޑުއެހުންތައް ނިންމާ ހުކުމް ކުރުމާއި ހަމައަށް ގޮސްފައިވަނިކޮށް ބުރާސްފަތި ދުވަހު ތާވަލް ކޮށްފައިވާ ޝަރީއަތުގައި ނާޒިމް ގެއަށް ވަން 7 ސޮވްޓް ފުލުހުންގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ނާޒިމްގެ މައްސަލާގައި ހައިކޯޓް އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައެވެ. ނާޒިމު ދިރިއުޅުއްވަމުން ގެންދެވި ގެއިން ފެނުނު ފިސްތޯލަ އޮތް ދަބަހުން ފެނުނު ޕެންޑްރައިވްގައި އެ ފިސްތޯލަ ބޭނުން ކޮށްގެން ރައީސް އަބުދުﷲ ޔާމީނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، ކުރީގެ ކޮމިޝަނަ ހުސައިން ވަހީދު އަވަހާރަކޮސްލަން ރާވާފައިވާ ކަމަށް ދައުލަތުންވަނީ ބުނެފައެވެ.

އެ މައްސަލާގައި ނާޒިމް ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ އެ ފިސްތޯލައަކީ ނާޒިމުގެ އެއްޗެއް ނޫންކަން ސާބިތުކޮށް ނުދެވުމުންނެވެ.