Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ލޯނު ދޫކުރާ އެންމެ މަތީ އުމުރަކަށް 75 އަހަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރަކީ 75 ކަމަށް ކަނޑައަޅައިފި އެވެ.

ގައުމީ ބޭންކުން ކުރިން ލޯނު ދޫކުރަމުން އައި އެންމެ މަތީ އުމުރަކީ 60 އަހަރެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލާ އެކު އުމުރުން 18-75 އަހަރާ ދެމެދުގެ މީހުންނަށް ބެންކުން ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރާނެ އެވެ.

ބީއެމްއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ/އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ ލޯނު ދޫކުރާ އުމުރު މަތިކުރީ ގިނަ ބަޔަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

"އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށްވެސް މެދުއުމުރުގެ ބޭފުޅުންނަށްވެ ސް އިތުރު ފަސޭހައެއްވެގެން ދާނެ. އަދި 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެން ދާނެ، އޭނަ ވިދާޅުވި އެވެ. "އެހެންވީމަ 75 އަހަރަށް އުމުރަށް އިއްޔެ ބޯޑުން ވަނީ ނިންމާފައި."

ބީއެމްއެލުން އަންނަނީ ބޯހިޔާވަހިކަމަށް އެހީވުމުގެ އިތުރަޑް ތަފާތު އެކި ކަހަލަ ވިޔަފާރިތައް ކުރިއެތުމަށް ފައިނޭންސިން ފެލިސިޓީ ދޫކުރަމުންނެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ހާއްސަކޮށްގެން މާލީ އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.