Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

އެޕަލްގެ ސީއީއޯ އިސްތިފާ ދޭން ނިންމައިފިި

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، އެޕަލްގެ ސީއީއޯ ޓިމް ކުކް އެ މަގާމުން އިސްތިއުފާ ދޭން ނިންމަވައިފި އެވެ.

މިކަން އިއުލާންކޮށް އެ ކުންފުނިން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ފެށިގެން އެޕަލްގެ ސީއީއޯގެ މަގާމު އަދާކުރައްވާނީ އެޕަލްގެ ހާޑްވެއާ އިންޖިނިއަތިން ޑިޕާޓްމަންޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ޖޯން ޓާނަސް، 50، ކަމަށެވެ. އޭނަ އެޕަލްއާ ގުޅިވަޑައިގަތީ 2001 ގަ އެވެ.

އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ ޕްރޮޑަކްޓް ޑައިޒައިން ޓީމުގަ އެވެ. އަދި އެޕަލްގެ ހާޑްވެއާ އިންޖިނިއަން ޑިޕާޓްމަންޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމަަށް ޖޯން އައްޔަންކުރީ 2013 ގަ އެވެ.

ޓިމްއާ އެކު ޖޯން.

ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން ޓިމް، 65، ނިންމެވީ އެ މަގާމުގައި ހުންނަވަތާ 15 އަހަރު ފަހުންނެވެ. ދެހާސް އެގާރައިގައި އެ މަގާމާ ހަވާލުވެވަޑައިގަތުމުން ކުރިން 2005-2011 އަށް ޓިމް އަކީ އެޕަލްގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) އެވެ.

އޭނަ ސީއީއޯގެ މަގާމުން ދޫކޮށްލެއްވުމަށް ފަހު، ސެޕްޓެމްބަރު 1 އިން ފެށިގެން އަދާކުރައްވާނީ އެޕަލްގެ އެގްޒެކެޓިވް ޗެއާމަންގެ ރޯލެވެ.