Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ފެމިލީ ކޯޓްގެ އިސް ގާޒީއަކަށް ނަޝީދު

ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރިކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރީ އިއްޔެ އެވެ.

ނަޝީދަކީ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިލަދުންމަޑުލު އެ ކޯޓުގެ އިސް މެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ގާޒީކަމުގެ މަގާމް އަދާކުރެއްވި އެވެ.

ޝަރުއީ ދާއިރާގައި 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ނަޝީދު ފެމެލީ ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރީ މާޗް 24، 2016 ގަ އެވެ.