Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލަށް 13 ސްޕެޝަލިސްޓުން ހޯދަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ސްޕެޝަލިސްޓުން ބޭނުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތެތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯތޮޕީޑިކްސް ދާއިރާ އިން ކަމަށެވެ.

އެގޮތުން 13 ސްޕެޝަލިސްޓަކު ބޭނުންވެ އެވެ.

އެހެންވެ އެ ވަޒީފަތަކަށް ޝައުގުވެރިވާ ދިވެހި ޑޮކްޓަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ވަޒީފާތަކަށް މީހުން ހޮވާނީ އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 6861860 އިން ހޯދޭނެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 12 ދިވެހި ސްޕެޝަލިސްޓަކު ހޯދަން އިއުލާންކުރި އެވެ.