އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަން ފަށައިފި އެވެ.
އޭނަ ޢަރަބި ވެރިންގެ އެހީތެރިކަމަށް އެދި އާދޭސްކޮށްފައިވާ ފޯން ކޯލެއްގެ ރެކޯޑިން އާންމުވުމާއި ގުޅިގެން، ނަތަންޔާޖީ ހައްޔަރުކުރުމަށް ގޮވާލައި، އިޒުރޭލުގެ މަގުތަކަށް ސަޙުޔޫނީން ނުކުމެ ހިންގަމުން ދާ ހަމަނުޖެހުންތަކުގައި އިޒުރާއީލު މި ވަގުތު އޮތީ ގޮވަން ތައްޔާރުވެފަ އެވެ.
މުޅި އިޒުރޭލުގައި މާޔޫސްވެފައިވާ އިސްދާނަކަމުގެ ޠޫފާނެއް ވަނީ އުފެދިފަ އެވެ. އިޒުރޭލުގެ ޝައިޠާނީ ބޮޑުވަޒީރުގެ ފޯނު ކޯލެއް ލީކުވެ މިހާރު އަންނަނީ ވިރަވިވަމުންނެވެ. އެ ފޯނު ކޯލުގައި، އީރާނުގެ ޙަމަލާތަކާއި ގުޅިގެން ނަތަންޔާހޫ، ޢަރަބި ވެރިންގެ ކިބައިން އެހީތެރިކަމަށް އެދި އާދޭސް ކުރަމުން ދިޔަތަން ފެނިފައިވެއެވެ. އަދި، އޭގެސަބަބުން ރުޅިއައިސްފައިވާ އިޒުރޭލުގެ ރައްޔިތުން މަގުތަކަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ޝައިޠާންޔާހޫ ހައްޔަރު ކުރުމަށް ގޮވާލައި ދަނީ އަޑު އުފުލަމުންނެވެ.
ކަރުނަ އޮހޮރަމުން ދިޔަ ޢާއިލާތައް ލައިވް ޓީވީން ވަނީ ދައްކައިފަ އެވެ. ޙަމަލާތަކުގެ އިންޒާރުދީ ހުއްޓުމެއް ނެތި ސައިރަން އަޅަމުން ދިޔަ ވަގުތު މައިން، އެމީހުންގެ ދަރިންގެ ގައިގައި ބައްދާލައި، ޖަޒުބާތީ ގޮތުން އަލްވަދާޢު ކިޔާ މަންޒަރުތައް ވަނީ ޓީވީން ދައްކައިފަ އެވެ.
މަގުމަތީގެ ހަމަނުޖެހުމުގެ މަންޒަރުތައް އިޒުރޭލުގެ ޗެނަލް 13 އިން ވަނީ ދައްކައިފަ އެވެ.

އިޒުރޭލުގެ އެތެރޭގެ ނިޒާމުތަކާއި އަދި ތަރުތީބުވަނީ އެއްކޮށް ގެއްލިފައެވެ. އާންމުންދަނީ ފުލުހުންނާ ކުރިމަތިލަމުންނެވެ. ޔަޤީންކަން ގެއްލިފައިވާ ގޮތެއްގައި އަސްކަރީ ސިފައިން ތިބީ ބަލަހައްޓައިގެންނެވެ.
އީރާނުގެ ސީދާ ރައްދު ޙަމަލާތަކާއި، އީރާނުގެ އިއްތިޙާދީން ކަމަށްވާ ޙިޒުބު الله އާއި، އަދި ޙަމާސްގެ ހަނގުރާމަވެރިން ކުރިއަށް ޖެހެމުންދާ އިރު، ހާމަވަމުންދަނީ އިޒުރޭލު ފުނޑުފުނޑުވަމުންދާ މަންޒަރެވެ. އެމެރިކާ އޮތީ ވަރަށް ފިނޑިގޮތެއްގައި ހިމޭންވެފަ އެވެ. ހަދާނެ ގޮތް ހުސްވެ، ނިކަމެތިވެފައިވާ ނަތަންޔާހޫ ސަލާމަތް ކުރެވޭނެހާ ބާރެއް މިހާރު އެމެރިކާގެ ކިބައަކު ނެތެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.