ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.