Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މާމިގިނލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ނައްތާލައިފައި ވަނީ 1،049 ފުޅި ބަނގުރަލާއި، 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެއް ކަމަށެވެ.

އެ ތަކެއްޗަކީ މި މަހުގެ 14 އިން ފެށިގެން މި މަހުހެ 19 ގެ ނިޔަލަށް މާމިގިލީައި އޮންނަ ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ޓޫރިސްޓުންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.

އެ ތަކެތި ނައްތައިލީ ކުރިއަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.