Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

"ލަމްހާ" ގެ ޓީޒާ ބަލައިފިންތަ؟

މި މަހުގެ 29 ގައި އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު "ލަމްހާ" ޓީޒާ ދައްކާލައިފި އެވެ.

މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ މި ފިލްމަކީ ޒުވާން އަންހެނެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައި ދޭނެ ފިލްމެކެވެ. "ލަމްހާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. އޭނަ އަކީ މިދިޔަ އަހަރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު ފިލްމު ކަމަށްވާ "ލިލީ" ގެ ވެސް ޓައިޓްލް ރޯލު ކުޅުނު ބަތަލާ އެވެ.

"ލަމްހާ" ގެ މައިގަނޑު ކާސްޓުން އައިޝާއާ އެކު ފެންނާނީ އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބްގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.

ދެހާސް ސައުވީހުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި "ލަމްހާ" ބެލުންޔެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރު ހިލްމީ އަކީ ކުރީގެ ވަަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ 1993 ގެ "އިހްސާސް" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ އަކީ "ޗުއްޓީ" ގެ ވެސް ޑައިރެކްޓަރެވެ.

"ލަމްހާ" އަކީ މި އަހަރު އަޅުވާ ހަތަރު ވަނަ ފިލްމެވެ. މިހާރު އޮލިމްޕަގައި ދައްލަމުން އަންނަނީ މި އަހަރުގެ ފުރަތަމަ ފިލްމގެ ގޮތުގައި ގެނެސްދިން އަލީ ސީޒަންގެ ބިރުވެރި "ޕަރީ" ގެ ދެވަނަ ބައި "ޕަރީ: ޗެޕްޓާ 2" އެވެ.