Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މާއްޓޭ

ސްޕޯޓްސް މިނިސްޓަރުގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް މައުރޫފް އަހުމަދު (މާއްޓޭ) މިއަދު އައްޔަންކޮށްފި އެވެ.

މި މަގާމުގައި މާއްޓޭގެ މަސްއޫލިއްޔަތަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިސެންޓްރަލައިޒް ކުރުމުގެ މަސައްކަތުގައި މިނިސްޓަރު އަބްދުﷲ ރާފިއު އަށް ލަފާދެއްވުމެވެ.

މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރުގެ އިތުރުން، ކޯޗިން އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ.

އެގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާއި، ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަޤާމު މާއްޓޭ ވަނީ މީގެކުރިން ފުރުއްވާފަ އެވެ.