މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވަމުންދާ އެއް ވަބާއަކީ "ބުލީކުރުން" ނުވަތަ މީހުންނަށް މަލާމާތްކޮށް، ދަށްކޮށްލައި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާވެރިވުމެވެ. މިއީ ހަމައެކަނި ސްކޫލުތަކުގައި ކުޑަކުދިންގެ މެދުގައި ހިނގާ ކަމެއް ނޫނެވެ. މިއަދު ސޯޝަލް މީޑިއާ އާއި އޮފީސްތަކާއި އާންމު ދިރިއުޅުމުގެ ތެރޭގައި ވެސް މި ނުބައި އާދަ ވަނީ ފެތުރިފަ އެވެ.
މާތް ﷲ ވަނީ މިކަން ނަހީކުރައްވާފަ އެވެ. ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެ އެވެ.
﴿یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا یَسۡخَرۡ قَوۡمࣱ مِّن قَوۡمٍ عَسَىٰۤ أَن یَكُونُوا۟ خَیۡرࣰا مِّنۡهُمۡ﴾
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ ފުރައްސާރަ ކުރެވޭ މީހުން، ފުރައްސާރަ ކުރާ މީހުންނަށްވުރެ މާ ހެޔޮކަން ބޮޑުވެދާނެތީއެވެ…" (އަލްޙުޖުރާތު: 11)
ހަނދާން ކުރާށެވެ!
– ތިބާ ބުނާ އެންމެ ބަހަކުން މީހެއްގެ މުޅި ދިރިއުޅުން ބަރުބާދުވެދާނެ އެވެ.
– ތިބާ ކުރާ މަލާމާތަކީ އަނެކާގެ ހިތުގައި ލެވޭ ފުން ޒަޚަމެކެވެ.
– އަނިޔާ ލިބޭ މީހާގެ ދުޢާ އާއި މާތް الله އާ ދެމެދު އެއްވެސް ހުރަހެއް ނުވެ އެވެ.
އަޅުގަނޑުމެންގެ ދަރިންނަށް އަޚުލާޤާއި އިޙުތިރާމު ދަސްކޮށްދެމާ ހިނގާށެވެ. މީހެއްގެ ސިފައަށް، ނުވަތަ ނިކަމެތިކަމަށް، ނުވަތަ އެމީހެއްގެ އުނިކަމަކަށް މަލާމާތް ކުރުމަކީ މޮޅުކަމެއް ނޫނެވެ. އެއީ ތިބާގެ އަމިއްލަ ނަފްސުގެ ނިކަމެތިކަމެވެ.
ބުލީކުރުން ހުއްޓުވޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ. ކޮންމެ މީހަކީ ވެސް އިޙްތިރާމް ލިބެން ޖެހޭ އަދި އަމާންކަމާއެކު އުޅުމުގެ ޙައްޤު އޮތް މީހެކެވެ.
ނޯޓް: މިއީ ޝައިހް އާޒިން ޚާލިދުގެ ލިޔުއްވުމެކެވެ.