Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އެމްޑީޕީ އޮތީ ވަކި އާއިލާއެއްގެ ވަކިތަކުގެ ދަށުގައި: ޝިފާ

އިދިކޮޅު އެމްޑީޕީ އޮތީ ވަކި އާއިލާއެއްގެ ވަކިތަކުގެ ދަށުގައި ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމަށް، އެ ޕާޓީއާ ގުޅެން ކުރު މުއްދަތެއް ދިނުމާ ގުޅިގެންނެވެ. އެ އިންތިހާބުގައި ވޯޓުލެވޭނީ އިއްޔެއާ ހަމައަށް އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ.

އެކަމާ ގުޅިގެން ޝިފާ ވިދާޅުވީ އެމްޑީޕީ އަކީ ހިސޯރުކޮށްފައިވާ ޕާޓީއެއް ކަމަށާއި އެ ޕާޓީ އޮތީ ވަކި އާއިލާއެއްގެ ވަކިތަކުގެ ދަށުގައި ކަަމަށެވެ.

"އަދުގެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެވަނީ ރައްޔިތުން ކުރިމަތީ ކުފޫ ހަމަނުވާކަމަށް ފެންނަން،" ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 12 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވާފަ އެވެ.