Last Updated: July 11, 13:48
Saturday, July 11, 2026
ކުޅިވަރު

ޗެލްސީގެ ކޯޗުކަމުން ރޮސެނިއާ ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ލިއަމް ރޮސެނިއާ ވަކިކޮށްފި އެވެ.

ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކިކުރުމަށްފަހު ރޮސެނިއާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ. ރޮސެނިއާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ. ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗަކީ، މިދިޔަ އަންގާރަ ދުވަހުގެރޭ ލީގުގައި ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗެވެ.

އެ މެޗުން ބަލިވުމުން ޗެލްސީ މިހާރު އޮތީ 34 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލީގުގެ 8 ވަނައިގަ އެވެ. މިއީ ޗެލްސީ ލީގުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ.

ޗެލްސީގެ ކޯޗުކަން މި ސީޒަނުގެ ނިޔަލަށް ހަވާލުކޮށްފައިވަނީ، ކަލުމްް މެކްފާލޭންއާ އެެވެ.

ޗެލްސީއަށް ކުރިއަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އެފްއޭ ކަޕްގެ ސެމީފައިނަލްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.