Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ވެރިކަމަށް އައުމުގެ ކުރިން ޓްރަމްޕް މާ ރަނގަޅު!

ވެރިކަމަށް އައުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދިރިއުޅުން މާ ރަނގަޅު ކަމަށް އޭނަ ވިދާޅުވެއްޖެ އެވެ.

އޭނާ، އެ އިޝާރާތް ކުރައްނީ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، ޤައުމު ހިންގަން ޖެހުމުން ކުރިމަތިވާ ޖިސްމާނީ، އަދި ނަފުސާނީ ވަރުބަލިކަމާއި، ފާޑުކިޔުމާއި، ޕްރެޝަރުގެ މައްޗަށެވެ. ވެރިއެއްގެ ރޯލަކީ ގިނަ ފަހަރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ދެވޭ، ސިޔާސީ ޕްރެޝަރު މެދުނުކެނޑި ކުރިމަތިވާ ކަމެކެވެ. އެއީ، މީހެއްގެ ދުވަހީ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

ނަމަވެސް އެވާހަކަ އަޑުއިވުނު ގިނަ ބަޔަކު، އެ ވާހަކަ މާނަކުރަނީ މުޅިން ތަފާތު ގޮތަކަށެވެ.

ޓްރަމްޕްގެ ރިޔާސީ ދައުރުގެ ނޭދެވޭ އަސަރު ޒާތީ ތަޖުރިބާއަށް ވުރެ، މަތިވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ވަނީ ފާޑުކިޔައި، ރައްދު ދީފަ އެވެ. އެގޮތުން، އޭނާގެ ސަބަބުން، އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ސިޔާސީ ބައިބައިވުމާއި، ދުނިޔެ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލުން ފަދަ ބޮޑެތި މައްސަލަތަކަށް ވަނީ އިޝާރާތްކޮށްފައިވެ އެވެ. އަދި އޭނާގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުމަށްވެ ސް އުނދަގޫވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން، އޭނާގެ ބަޔާން ޒާތީ ރިވެލިވުމުން މާދުރަށް ގެންގޮސް، އާންމު ބަހުސަކަށް ވަނީ ބަދަލު ކޮށްފައެވެ. އެ ބަޔާން ވަނީ، ފަރުދެއްގެ ޒާތީ ތަޖުރިބާއަށް ވުރެ، ވަގުތާއެކު ޤައުމުގެ ޙާލަތު ބަދަލުވަމުންދާ ގޮތް ބަޔާންކޮށްދޭ އެއްޗަކަށް ވެފައެވެ.
އާޚިރުގައި، ޒާތީ ކޮމެންޓެއްގެ ގޮތުގައި ފެށުނު މިކަންތައް، އިސްދާނަކަމާއި، އޭގެ ނަތީޖާއާއި، ސިޔާސީ ނިންމުންތަކުގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރާ އަސަރުތަކާ ބެހޭ، ފުޅާ މަޝްވަރާއަކަށް ވަނީ ބަދަލުވެފައެވެ.

ޓުރަމްޕެވެ. ތިޔަ ވިދާޅުވެވުނީ ހަމަ ރަނގަޅަށެވެ.ވެރިކަމަށް އައުމުގެ ސަބަބުން ނުހޮރުއްޕާނަކަށްވެފައި ވަނީ މަނިކުފާނަށް އެކަންޏެއް ނޫނެވެ. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ އެންމެންނަށް ވަނީ ބޮޑު މުޞީބާތެއް ކުރިމަތިވެފައެވެ. ޓްރަމްސާ ހެދި ހޮރުމޫޒު ކަނޑުއޮޅި ބަންދުވެ، ތެލުގެ އަގު ވަނީ ބޮޑުވެފަ އެވެ. ޓްރަމްޕާ ހެދި ދުނިޔޭގެ އިޤުތިޞާދު ދަށަށް ގޮސް، ދުނިޔެ އަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެ އެވެ.

ޓްރަމްޕަކީ ހަނގުރާމައިގެ މުޖުރިމެކެވެ. ކަލެއަކީ އިންސާފުވެރި ޝަރީޢަތެއް ހިންގައި، އަދަބު ދޭން ޖެހިފައި ހުރި ނުބައި، ނުލަފާ ޝައިޠާނެކެވެ.

މިއީ އެމެރިކާގެ ރައީސްކަން ޓްރަމްޕް ކުރައްވާ ދެވަނަ ފަހަރެވެ. އޭނަ އެންމެ ފުރަތަމަ ވެރިކަންް ކުރެއްވީ 2016-2020 އަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުމެކެވެ.