ތިރީގައި އެވަނީ މީގެ 46 އަހަރު ކުރިން އޭޕްރީލް 13، 1980 ވީ ހުކުރު ދުވަހު ނުކުތް، "ދަ ޕޮލިޓިކަލް" ކިޔާ ނޫހުގެ، އެ ދުވަހުގެ އެޑިޝަން އެވެ.
އެ ދުވަހުގެ ނޫހުގައި، އީރާނުން ހުރުމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، އޭގެ ސަބަބުން ދުނިޔޭގެ ހަކަތައާއި އިޤުތިޞާދަށް ކުރާނޭ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވަނީ އިންޒާރު ދީފަ އެވެ. އެ ސަބަބަށްޓަކައި، އެމެރިކާގެ ކުރީގެ އެއްވެސް ރައީސަކު، ސަޙުޔޫނީ ކިޔާނުން ކިތަންމެ ޕުރެޝަރެއްކުރި ކަމުގައިވީ ނަމަވެސް، އީރާނަށް ސީދާ ޙަމަލާދީ، ދުނިޔެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލާކަށް ބޭނުމެއް ނުވި އެވެ.

ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ސަހުޔޫނީ ކިޔާނަށް ފެނުނީ ނިކަން ފަސޭހައިން ހައްދާލައިގެން، ލާރިކޮޅުކޮޅު ދީގެން ދަހިކޮށް ގަންނާނެ، އަދި އެޕްސްޓައިން ފައިލްތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރެވިދާނެ ރައީސެކެވެ. އަދި، ސަހުޔޫނީންގެ، އެ ރޭވުމާއި އެއްގޮތަށް، ޑޮނަލްޓް ޓުރަމްޕު ބްލެކުމެއިލްކޮށް، އެމެރިކާ ލައްވާ އީރާނަށް ޙަމަލާދީ، ދުނިޔެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލިއެވެ. އަދި އޭގެ ހިތި ނަތީޖާ ދުނިޔެއިން މިހާރު އެދަނީ ފެންނަމުންނެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕު ވިދާޅުވެފައި ވަނީ ދެ ހަފްތާ ފަހުން، އީރާނު ހަނގުރާމަ ނިމޭނެ ކަމަށެވެ. އަދި، ތިމަންނައަކީ ހަނގުރާމަ ހުއްޓުވުމުގެ މާހިރެއް ކަމަށާއި، ތިމަންނަގެ ރައީސް ކަމުގައި 11 ހަނގުރާމަ ހުއްޓުވާފައިވާ ކަމަށެވެ. ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ދައްކަންޖެހޭ ވާހަކަ ތިމަންނައަށް އެނގޭ ކަމަށެވެ. ލައްކަ ވާހަކަ އެނގިއްޖެ ނޫން ހެއްޔެވެ؟
ސުލްޙައިގެ މަޝްވަރާގެ ދެވަނަ ބުރަށް ޕާކިސްތާނަށް ނުދާނެކަން، އީރާނުން ވަނީ އާސިމް މުނީރަށް އަންގާފައެވެ. އެ ޚަބަރު ލިބުމުން، އަސާފާއި، ނާއިލަތާއި ދެމެދު އަބޫ ސުފިޔާނު އިންހެން، ޓުރަމްޕު އެއްވެސް މީހަކާއި ވާހަކަ ނުދައްކައި، އޯވަލް އޮފީހުގައި ބޮލުގަ ދެއަތް އަޅައިގެން އެބައިނެވެ.
ހަނދާނަށް އަންނަނީ، މެދުއިރުމަތީގެ ކުޑަ ޤައުމަކުން، ދުނިޔޭގެ ހަމައެކަނި ސުޕަ ޕަވަރ ވައްޓައިލާނެ ކަމަށް ލަފާކުރި، ފަރަންޖީއެއް ކަމަށްވާ ބާތޮލެމިއުގެ މަތިންނެވެ. އޭނާ އެގޮތަށް ލަފާކޮށްފައި ވަނީ، 1770 ގެ އަހަރުތަކުގެ މެދުތެރޭގަ އެވެ.
މިއަދު، ދުނިޔެ އަށް މި ފެންނަނީ، ހަނގުރާމައިން އެމެރިކާ ބަލިވެފައިވާ މަންޒަރެވެ. މޮޅުވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ސަބަބަކީ ރަޝިޔާއާއި ޗައިނާ އެކަން އެގޮތަށް ވާކަށް ފުރުޞަތެއް ނުދޭނެ އެވެ. މެދުއިރުމަތީގައި ހުރި، އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަނީ ނައްތައިލާފަ އެވެ. ހަނގުރާމަމަތީ މަތިންދާބޯޓްތައް ވަނީ ވައްޓައިލާފަ އެވެ. މަނަވަރުތައް ފައްތައިލާނެތީ ބިރުން ވަނީ ފަހަތަށް ޖެހިފަ އެވެ. އެމެރިކާ އަށް އީރާނުގެ ބިމުއަޑީގެ ބަންކަރުތަކެއް ނައްތައެއް ނުލެވުނެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.