Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

އިމްރާންގެ 'އާވާރާޕަން 2' އޮގަސްޓްގައި

ބޮލީވުޑްގެ ތަރި އިމްރާން ހާޝިމީގެ 'އާވާރާޕަން 2' މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު މާޗްގައި މި ފިލްމި އިއުލާންކުރި އިރު، ސިނަމާތަކަށް ގެންނަން ޕްލޭންކުރީ މި މަހުގެ 3 ގަ އެވެ. ނަމަވެސް ޝޫޓިން ފެށުން ލަސްވުމާ ގުޅިގެން ފިލްމު ފަސްކުރަން ޖެހުނީ އެވެ. އެހެންވެ މިހާރު 'އާވާރާޕަން 2' ބެލުންތެރިންނަށް ގެނެސްދޭނީ އޮގަސްޓް 14 ގަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ތާރީހަކީ ސަނީ ޑިއޯލްގެ 'ލާހޯރް، 1947' ވެސް ތާވަލުކޮށްފައި އޮތް ތާރީހުކަމެވެ.

'އާވާރާޕަން 2' އަކީ އިމްރާނާއި ބަތަލާ ޝްރިޔާ ސަރަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ 2007 ގައި ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން 'އާވާރާޕަން' ގެ ސީކްއެލް އެވެ. އެކަމަކު މި ފަހަރު މުޅިން ތަފާތު ޑައިރެކްޓަރަކު، ފިލްމު ހަދާފައިވާ އިރު، ފިލްމުގެ ބަތަލާ ވެސް ތަފާތެވެ.

'އާވާރާޕަން 2' ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ. 'އާވާރާޕަން 2' އަކީ އިމްރާނާއި ޑިޝާގެ ޖޯޑު އެކީގައި އަންނަ ފުރަތަމަ ފަހަރެވެ.