މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.
އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ގަ އެވެ.
އޭނާ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، އިމިގްރޭޝަނުން ވަނީ އޭނާ އެ މުއައްސަސާއަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި މެދުނުކެނޑި 19 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ. ސިވިލް ސާވިސްގެ ވަޒީފާއިން ސިޔާސީ މަގާމަކަށް އޭނާ ފުރަތަމަ އައްޔަންކުރެވުނީ މި ސަރުކާރުގައެވެ.
އަޝްފާނަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބޭބެ އެވެ.