Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ޖާބިރު ޕީއެންސީ އަށް ސޮއިކޮށްފި

އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ޕީއެންސީ އަށް ސޮއިކުރައްވައިފި އެވެ.

ޕީއެންސީއާ ގުޅިވަޑައިގަތުމަށް ޖާބިރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

ޖާބިރު ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖާބިރު ވަނީ ޕީއެންސީގެ ކެމްޕޭނުގައި ބައިވެރިވަޑައިގެންފަ އެވެ.

ޑީއާރްޕީގެ ލީޑަރުކަން ކުރައްވައި އަދި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މީގެކުރިން އުޅުއްވި ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ފުރުއްވާފަ އެވެ.