Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އެލްޖީއޭގެ ރައީސަކަށް މިނިސްޓަރު ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފި އެވެ.

އެ އޮތޯރިޓީން ވަނީ ޒަމީރު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފަ އެވެ.

އެލްޖީއޭގެ ބޯޑުގައި ތިބޭނީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ބޭފުޅެއް އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު ޒަމީރު އައްޔަންކުރެއްވިއިރު، އާންމު ގޮތެއްގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަނީ ހޯމް މިނިސްްޓަރެވެ.