Last Updated: July 18, 12:05
Saturday, July 18, 2026
ޚަބަރު

އެމްޕީއެލްގެ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލްގެ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ވެއްޓިފައި ވަނީ އަންހެނެކެވެ. އޭނަ ވެއްޓިފައިވަނީ އެމްޕީއެލްގެ އެމް ޓަވަރާއި ޕީ ޓަވަރާ ދެމެދަށް ވާގޮތަށް އިންނަ ބައިގެ ހަ ވަނަ ބުރިންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.