Last Updated: July 18, 12:05
Saturday, July 18, 2026
ޚަބަރު

މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

އައްޑޫ މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރޭ ދަންވަރު އެ ހާދިސާ ހިނގާފައި ވަނީ އެ އަވަށު މިރިޔާސްގޭގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ރޭ 01:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ގެއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލިފާންގަނޑު ނިއްވައިލެވުނީ މެންދަމު 02:25 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ހާދިސާގައި ގެއެއް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.