Last Updated: July 18, 12:05
Saturday, July 18, 2026
ޚަބަރު

ޑެންގީ ޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން އަންހެނަކު ނިޔާވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ނިޔާވެފައި ވަނީ މ. މުލި އަތަމާގޭ އައިޝަތު އަންޖަލް މުމްތާޒް، 17، އެވެ. އޭނަ ނިޔާވީ މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

އަންޖަލްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ.

މި ފަހުން ރާއްޖޭގައި ޑެންގީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި މަހުގެ މެދުތެރޭގައި ވެސް ޒުވާން ފިރިހެނަކު ޑެންގީ ޖެހިގެން ނިޔާވެފައިވެ އެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 13 ވަނަ ދުވަހު ނިޔާވީ ށ. މިލަންދު އަށް ނިސްބަތްވާ ނަބްހާން މުހައްމަދު، 22، އެވެ.