Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ފަލާހް ފެއަށް

އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހު އެ ކޮމިޓީން ތަނާޒުލްވެވަޑައިގެންފި އެވެ.

އޭނަ އިއްޔެ އެ ކޮމިޓީން ތަނާޒުލްވެވަޑައިގެންނެވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމްގެ ކެމްޕެއިން ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ރީޕޯސްޓް ކުރެއްވި ކަމަށް ބުނެ، ޕާޓީ ތެރެއިން ބަޔަކު މައްސަލަ ޖައްސަމުން ދަނިކޮށެވެ.

ނަމަވެސް އެ ޕޯސްޓުތައް ރީޕޯސްޓް ކުރެއްވި ވާހަކަ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ފަލާހް ވަނީ ދޮގުކުރައްވައިފަ އެވެ. އޭނަ އަކީ ޗެއާޕާސަނަކަށް މީކާއީލް ގެންނަން ތާއީދު ކުރައްވާ ބޭފުޅެކެވެ.

ފަލާހު ވިދާޅުވެފައި ވަނީ އިންތިހާބާ ބެހޭ ކޮމިޓީން އޭނަ ތަނާޒުލްވެވަޑައިގަތީ ޗެއާޕާސަން އިންތިހާބު ނިމެންދެން"ކަމަށެވެ. އަދި އެކަން ކުރަން ނިންމެވީ މި ވަގުތަށް އެކަން ކުރަން ފެންނާތީ ކަމަށްވިދާޅުވި އެވެ.

އެމްޑީޕީން ބުދަ އޮތީ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އަންނަ ޖޫން މަހު ބާއްވާ މި އިންތިހާބުގައި ވޯޓު ލެވޭނީ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައި ވަނީ މީކާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަލްހާން ފަހުމީ އެވެ.