Last Updated: July 18, 12:05
Saturday, July 18, 2026
ޚަބަރު

އައްޑު އަށް ބަކަރި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަނީ

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުޟްހިޔާ ކަތިލުމަށްޓަކައި އައްޑު އަށް ބަކަރި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނީ މިކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ.

ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް ފޮނުވައިގެންނެވެ.

ކައުންސިލުން ބުނީ ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލް އިދާރާގައި ކަމަށެވެ.