ބަހަވީ ގޮތުން: "ނަބަޒު" (النَّبَزُ) އަކީ ލަޤަބު ނުވަތަ ވަނަމެވެ. މީގެ ގިނަގޮތަކީ (الأنبازُ) އެވެ. (نبَزه) "ނަބަޒަ" އޭ ބުނެވެނީ މީހަކަށް ވަނަމެއް ނުވަތަ ލަޤަބެއް ދިނުމަށެވެ. އަދި (التَّنابُزُ) "ތަނާބުޒު" އަކީ އެކަކު އަނެކަކަށް ވަނަމުން ނުވަތަ ލަޤަބުން ގޮވައި އުޅުމެވެ. ގިނަފަހަރަށް މި ބަސް ބޭނުންކުރެވެނީ ނުބައި ނަންނަމުން ނުވަތަ މީހަކު ކުޑައިމީސްކޮށް އައިބު ބަސްތަކުން ގޮވުމަށެވެ.
އަލްމުބައްރިދު ވިދާޅުވެފައިވާ ގޮތުގައި "ނަބަޒު" އަކީ ކަނޑައެޅިފައިވާ ވަނަމެވެ. އަދި (المنابَزةُ) "މުނާބަޒާ" އަކީ އެ ވަނަމެއް މީސްތަކުންގެ ތެރޭގައި ފެތުރުމެވެ.
އިޞްޠިލާޙީ ގޮތުން: އިޞްޠިލާޙީ ގޮތުން (التَّنابُزُ بالألقابِ)، "ނުބައި ނަންނަމުން ގޮވުމަކީ" މީހަކު އެ ނަމަކުން ނުވަތަ އެ ސިފައަކުން ގޮވުމަށް ނުރުހޭ ފަދަ ނަމަކުން ނުވަތަ ސިފައަކުން އެމީހަކާ މުޚާޠަބު ކުރުމެވެ.
ކީރިތި ޤުރްއާން:
މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ﴾ (سورة الحجرات: 11) މާނައީ: " އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށް ފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ."
މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انْظُرْنَا وَاسْمَعُوا وَلِلْكَافِرِينَ عَذَابٌ أَلِيمٌ ﴾ (سورة البقرة: 104) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (رسول އާގެ އަރިހުގައި) رَاعِنَا އޭ ނުދަންނަވާށެވެ! އަދި (އޭގެ ބަދަލުގައި) انْظُرْنَا އޭ ދަންނަވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށް) އަޑުއަހާށެވެ! އަދި كافر ންނަށް ހުރީ، ވޭންދެނިވި عذاب އެވެ."
މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ﴾ (سورة الحجرات: 10) މާނައީ: "مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ!"
މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿وَقُولُوا لِلنَّاسِ حُسْنًا﴾ (سورة البقرة: 83) މާނައީ: "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!"
މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا ﴾ (سورة الإسراء: 53) މާނައީ: "އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطان އާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، شيطان އާއީ، އިންސާނާއަށް ފާޅުވެގެންހުރި عداوة ތެރިޔަކު ކަމުގައިވިއެވެ."
ކީރިތި ރަސޫލާގެ ސުންނަތް:
المعرورِ بنِ سُوَيدٍ، قال: لَقِيتُ أبا ذَرٍّ بالرَّبَذةِ ، وعليه حُلَّةٌ ، وعلى غلامِه حُلَّةٌ، فسألتُه عن ذلك، فقال: إنِّي سابَبتُ رَجُلًا فعَيَّرتُه بأمِّه، فقال لي النَّبيُّ صلَّى اللهُ عليه وسلَّم: ((يا أبا ذَرٍّ أعيَّرْتَه بأمِّه؟! إنَّك امرُؤٌ فيك جاهليَّةٌ، إخوانُكم خَوَلُكم ، جعَلهم اللهُ تحتَ أيديكم؛ فمن كان أخوه تحتَ يَدِه فلْيُطعِمْه ممَّا يأكُلُ، ولْيُلبِسْه ممَّا يَلبَسُ، ولا تُكَلِّفوهم ما يَغلِبُهم، فإنْ كلَّفْتُموهم فأعينوهم))
މާނައީ: " މަޢުރޫރު ބިން ސުވައިދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:ތިމަންކަލޭގެފާނަށް "ރަބަޛާ" ކިޔާ ރަށުން އަބޫޛައްރުގެފާނާ ބައްދަލުވިއިރު، އެކަލޭގެފާނު ހުންނެވީ ވަރަށް ރީތި ހެދުމެއް (ފޭރާމެއް) ތުރުކުރައްވައިގެންނެވެ. އަދި އެކަލޭގެފާނުގެ ޚާދިމު (ނުވަތަ ގެންގުޅޭ ކުއްޖާ) ވެސް ހުރީ ހަމަ އެފަދަ ހެދުމެއްގައެވެ. އެކަމާ ބެހޭގޮތުން ތިމަންކަލޭގެފާނު ސުވާލު ދެންނެވުމުން، އަބޫޛައްރުގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު މީހަކާ ދިމާލަށް ހުތުރުބަހުން ވާހަކަދައްކައި، އެމީހާގެ މަންމައަށް ނިސްބަތްކޮށް މަލާމާތްކޮށް އައިބު ބުނީމެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. އޭ އަބޫޛައްރުގެފާނެވެ! ކަލޭގެފާނު އެކަލޭގެފާނުގެ މަންމައާ ބެހޭގޮތުން އެއްޗެހި ވިދާޅުވެ މަލާމާތް ކުރެއްވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭގެފާނަކީ ތިމާގެ ކިބައިގައި ޖާހިލިއްޔަ ޒަމާނުގެ (ނޭދެވޭ) އާދަކާދަތައް ހުރި މީހެކެވެ. ތިޔަބައިމީހުންގެ ދަށުގައިވާ ޚާދިމުންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ. ﷲ ތަޢާލާ އެބައިމީހުން ލައްވައިފައިވަނީ ތިޔަބައިމީހުންގެ ބެލެހެއްޓުމުގެ ދަށުގައެވެ. އެހެންކަމުން، މީހެއްގެ ބެލެހެއްޓުމުގެ ދަށުގައި އޭނާގެ އަޚަކު ހުރިނަމަ، އެމީހަކު އަމިއްލައަށް ކައިއުޅޭ އެއްޗަކުން އޭނާއަށް ކާންދޭށެވެ. އަދި އަމިއްލައަށް ލައިއުޅޭ ފަދަ އަންނައުނު އޭނާއަށް ލާންދޭށެވެ. އަދި އެބައިމީހުންނަށް ކެތްނުކުރެވޭ ފަދަ ބުރަ މަސައްކަތްތައް ނުޖައްސާށެވެ. އެފަދަ ބުރަ މަސައްކަތެއް ކުރަން ޖައްސައިފިނަމަ، އެބައިމީހުންނަށް އެކަމުގައި އެހީތެރިވާށެވެ."
ابنِ مسعودٍ رَضِيَ اللهُ عنه أنَّ النَّبيَّ صلَّى اللهُ عليه وسلَّم قال: ((سِبابُ المُسلِمِ فُسوقٌ، وقتالُه كُفرٌ)) މާނައީ: "ابنِ مسعودٍ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވިއެވެ. "މުސްލިމަކަށް ހުތުރުބަހުން އެއްޗެހި ކިޔައި ފުރައްސާރަކުރުމަކީ ފާސިޤުކަމެކެވެ. އަދި އޭނާއާ ހަނގުރާމަކުރުމަކީ ކުފުރުގެ ޢަމަލެކެވެ."
أبي هُرَيرةَ رَضِيَ اللهُ عنه ، قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم: ((المُسلِمُ أخو المُسلِمِ، لا يَظلِمُه، ولا يَخذُلُه، ولا يَحقِرُهـ)) މާނައީ: "أبي هُرَيرةَ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. "މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އޭނާ (އަނެއް މުސްލިމާއަށް) އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާ ނިކަމެތިކޮށް ދޫކޮށްނުލާނެއެވެ. (އެބަހީ: އެހީތެރިކަމަށް ބޭނުންވާ ހިނދު އެހީތެރިވާނެއެވެ.) އަދި އޭނާއަށް އިހާނެތިކޮށް ހިތައި ދަށްކޮށް ނުލާނެއެވެ."
أبي هُرَيرةَ قال: سُئِل رسولُ اللهِ صلَّى اللهُ عليه وسلَّم عن أكثَرِ ما يُدخِلُ النَّاسَ النَّارَ، فقال: ((الفَمُ والفَرجُ))
މާނައީ: "أبي هُرَيرةَ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެގެންވެއެވެ. މީސްތަކުން އެންމެ ގިނައިން ނަރަކައަށް ވަންނަން މެދުވެރިވާ ކަންތައްތަކާ ބެހޭގޮތުން ރ ރަސޫލާ صلَّى اللهُ عليه وسلَّم އާ ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "(އެއީ) އަނގަޔާއި ލަދުވެތި ގުނަވަނެވެ."
ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.