އެމްޑީޕީގެ ރޭގެ މުޒާހަރާގައި މާލޭގެ މޭޔަރު، އާދަމް އާޒިމަށް ހަމަލާ ދީފައިވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވައި، އޭނަ އަށް ރައްކާތެރިކަން ފޯރުކޮށް ދޭން ގޮވާލައްވައިފި އެވެ.
މިކަމާ ގުޅިގެން އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރިގައި އާޒިމަށް ދިން ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
"އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށް ދީފައިވާ ހައްޤުތެއް،" އިބޫ ވިދާޅުވި އެވެ. "އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށް ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ މަސްއޫލިޔަތެއް."
ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު @adamazim އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް… pic.twitter.com/eCyXosmfFS
— Ibrahim Mohamed Solih (@ibusolih) April 25, 2026
އާޒިމަކީ މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ އިންތިހާބީ މޭޔަރު ވެސް މެ އެވެ.
އޭނަ އަށް ރޭ ދިން ހަމަލާއާ ގުޅިގެން ވިދާޅުވެފައި ވަނީ ކޮށާލިޔަސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.
އާޒިމަކީ ރައީސް އިބޫގެ ވެރިކަމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ.