މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ މިންވަރު އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮ ތުން މިދިޔަ މަހު ރާއްޖެއިން 69 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. ފެބުރުވަރީ މަހު އެކްސްޕޯޓުކޮށްފައި ވަނީ 51 މިލިއަން ރުފިޔާގެ މަހެވެ. އެހެންވެ މާޗް މަހުގެ އެކްސްޕޯޓް ފެބްދުއަރީއާ އަޅާބަލާ އިރު، 35 ޕަސެންޓް އިތުރެވެ.
ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓު ކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ އިތުރުން ދަޅުމަހެވެ. މިދިޔަ މަހު އެކްސްޕޯޓުކުރި ދަޅުމަހުގެ މިންވަރު ހުރީ 75 ޕަސެންޓްގަ އެވެ. އެއީ 51 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީ މަހު އެކްސްޕޯޓްކުރީ 29 މިލިއަން ރުފިޔާގެ ދަޅުމަހެވެ.
މާޗް މަހުގެ އެކްސްޕޯޓް:
* ދަޅުމަސް: 51 މިލިއަން ރުފިޔާ
* ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިޔަން ރުފިޔާ
* ތާޒާ ކަންނެލި މަސް: 6 މިލިއަން ރުފިޔާ
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ.