Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން އަންހެނަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަންހެނަކި ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ހޯދަނީ މ. ނެއްލައިދޫގެ، މާލެ، ޢާއިޝަތު ޝަޢުފާ ޖަޢުފަރު، 25، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ ޝަޢުފާ ޖަޢުފަރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިެ އެވެ.