Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ޗައިނާގެ އެހީގައި މާލެ އަށް 500 ހައުސިން ޔުނިޓް

ޗައިނާގެ އެހީގައި މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް އަޅަން އެއްބަސްވުމެއް ހަދައިފި އެވެ.

މި އެެއްބަސްވުން ހަދާފައި ވަނީ ބެއިޖިންގައި ކުރިއަށް ދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް" ގެ ހަވާސާގެ މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިން" ގަ އެވެ.

މި މަހުގެ 21-22 އަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ވަނީ ޗައިނާގެ އެހީގައި މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓު ހެދުމާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. އެގޮތުން އެ މަޝްވަރާތަކުގެ އަލީގައި މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ސޮއިކޮށްފައިވެ އެވެ.

އެެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠޮއާމެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއާމަން ލިޔު ޖުންފެންގް އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވީ އިންޓްރެސްޓަކާ ވެސް ނުލައި ދޭ އެހީގައި ކަމަށެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެވެ.