Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ނަޝީދާއި ފައްޔާޒް އައްޑު އަށް

ބޮޑު ބަދަލުގެ ގޮތުގައި މިހާރު އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އެ ބޭފުޅުންނަށް އެމްޑީޕީގެ އައްޑޫ ސަޕޯޓަރުންތަކެއް ގަން އެއާޕޯޓުން މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ނަޝީދާއި ފައްޔާޒާ އަކީ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދުދީދީގެ އިތުރުން ވެސް އެ ބޭފުޅުންގެ ފެކްޝަންގެ ބައެއް ބޭފުޅުން އައްޑޫ ދަތުރުގައި ބައިވެރިވެ އެވެ.

ނަޝީދު މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ފައްޔާޒަކީ ދެން އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ނުކުންނަންވަން ނިންމައިވާ ބޭފުޅެކެވެ.

މި ބޭފުޅުންގެ ބޮޑު ބަދަލުއާ އެކު މިއަދު އައްޑު އަށް ވަޑައިގެންނެވި އިރު މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ފަރާތުން އައްޑު އަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ނަޝީދާއި ފައްޔާޒް އައްޑު އަށް ވަޑައިގެންފައި މި ވަނީ ބޮޑު ތިލަދުންމައްޗަށް ވެސް ވަޑައިގަތުމަށް ފަހު އެވެ.