Last Updated: May 14, 15:40
Tuesday, May 14, 2024
ވިޔަފާރި

ނަންބަރު ބަދަލު ނުކޮށް މިހާރު އޮޕަރޭޓަރު ބަދަލު ކުރެވޭނެ! މަވެސް އުރީދޫ!

"ނަމްބަރ ޕޯޓެބިލިޓީ"ގެ ހިދުމަތް މިއަދު ފަށާއިރު ނަންބަރު ބަދަލު ނުކޮށް އެމީހަކު ބޭނުން ނެޓްވޯކެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ތާރީހުގައި އަލަށް ފަށާ މި ހިދްމަތަކީ ގިނަ ބަޔަކު އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި ހިދްމަތެކެވެ.

ނަންބަރ ޕޯޓެބިލިޓީ ހިދްމަތް ހަމަޖެހިފައިވާ ގޮތް

ނަންބަރު ބަދަލު ނުކޮށް އޮޕަރޭޓަރ ބަދަލު ކުރުމަށް އެންމެ ފުރަތަމަ އެކްޓިވް ނަމްބަރަކުން "Port" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ ކޯޑާއެކު ފޯމެއް ފުރުމަށްފަހު އެހިދުމަތް ހޯދުމަށް ހުށަހަޅަންޖެހެއެވެ.

އެގޮތަށް ހުށަހެޅޭނީ ނަންބަރު ބޭނުން ކުރާތާ 90 ދުވަސް ހަމަވެފައިވާ ނަންބަރުތަކަށެވެ. އެ ހިދުމަތް ފޯރުކޮށްދެނީ އެ ނަމްބަރަކުން ދައްކަންޖެހޭ ހުރިހާ ބިލެއް ދައްކައި ހަލާސް ކުރުމުންނެވެ. އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ އެވެ.

މަވެސް އުރީދޫ

ރާއްޖޭގައި މޯބައިލް ފޯނު ބޭނުން ކުރަމުން ދިޔަ މީހުންގެ ޖީބުތަކަށް ބާރު ބޮޑުވެފައިވަނިކޮށް، އުރީދޫ ރާއްޖޭގައި ހިދްމަތް ދޭން ފެށުމާއި އެކު ކަސްޓަމަރުންގެ ޖީބަށް ލުުއިވެގެން ދިޔައެވެ.
ashfaq

އެންމެ ފަހުގެ މުވާސަލާތީ ހިދްމަތް ތަކާއި އެކު ރާއްޖޭގެ މުވާސަލާތީ ހިދްމަތަށް އިންގިލާބެއް ގެނުވީ އުރީދޫންނެވެ. ޒުވާނުންނާއި، މަސްވެރިން، ތަފާތު އެކި މަސައްކަތް ތެރިންގެ ބޭނުންތަކަށް އެކަށޭނެ ޕެކޭޖްތަކާއި އެކު މުވާސަލާތީ ހިދްމަތް ފުޅާކުރަމުން އައީ އުރީދޫންނެވެ.

މިއަދުވެސް އެންމެ ގިނަ ބަޔަކު ހިތް ހަމަޖެހުމާއި އެކު ބޭނުން ކުރާ ނެޓްވޯކަކީ އުރީދޫއެވެ. ކުރިން ބޭނުން ކުރަމުން ދިޔަ ނަންބަރު ބަދަލު ނުކޮށް އުރީދޫގެ ނެޓްވޯކަށް ބަދަލު ކުރުމަށް އިންތިޒާރުކޮށްގެން ގިނަ ކަސްޓަމަރުން މަޑުން ތިބީ އުރީދޫގެ ހިދްމަތް "ސަޅި"ވީމައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަނގަޑޭ)ފަދަ އެތައް ޝަހްސިއްޔަތުތަކެއް އުރީދޫގެ ހިދްމަތް ބޭނުން ކުރަނީ ހިދްމަތުގެ ފެންވަރު ރަނގަޅުވީމައެވެ.

"މަވެސް އުރީދޫ" ބުނެ މޭގައި އަތް އަޅާލަނީ އެހެންވެއެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ އެ ކުންފުންޏާއި ގުޅެން ބޭނުންވާ 7 ގެ ނަމްބަރުތަކަށް އޮތް އެންމެ ބޮޑު ފައިދާއަކީ އެކުންފުންޏަކީ ބައިނަލްއަގުވާމީ ކުންފުންޏަކަށްވުމާއެކު އެ ކުންފުންޏާއި ބޮޑެތި ކުންފުނިތަކާއި އޮތް ގުޅުމެވެ.

އެގޮތުން އުރީދޫއާއި ވައިބާ އަދި ފޭސްބުކް ފަދަ ކުންފުނިތައް ގުޅިފައިވުމަކީ ކަސްޓަމަރުންނަށް އޭގެ ފައިދާ ކުރާނެ ކަންކަން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތަށް މި ހިދްމަތްތަކަކީ ކަސްޓަމަރުން އުފަލާއި އެކު ބަލައިގެންފައިވާ، ފަސޭހަ ހިދްމަތްތަކެވެ.

"މަވެސް އުރީދޫ"