Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

މިލަންދޫ އިން 11 ހެކްޓަރުގެ ބިން ހިއްކައިފި

ށ. މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، މިހާތަނަށް ނިމިފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުގެ ގާތްގަނޑަކަށް 42 އިންސައްތަ މަސައްކަތެވެ.

މި މަސައްކަތް ކުރިއަށްދަނީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ”ކުއީން އޮފް ދަ ނެދަލެންޑްސް“ ޑްރެޖަރު ބޭނުން ކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ސަރުކާރުގެ އަމާޒަކީ ޢަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.