Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ލައިސަންސް ނެތް އުޅަނދުތައް ސޯމާލިއާގައި ހުއްޓުވަނީ

ސަލާމަތީ ބޮޑު އޮޕަރޭޝަނެއްގައި ސޯމާލިއާ ސިފައިން ލައިސަންސް ނެތް އުޅަނދުތައް ހުއްޓުވަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ސޯމާލިއާގެ ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުގައި، ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ޕެޓްރޯލްކު ރަން ފަށައިފަ އެވެ. އެގޮތުން، އެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވާ ކަނޑު އުޅަނދުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލައިސަންސް ނެތް ބައެއް އުޅަނދުތައް ހުއްޓުވައި، ހިފެހެއްޓުމުގެ މަސައްކަތް ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ފަށައިފަ އެވެ.

ފާއިތުވި ތިން ދަސް އަހަރު ތެރޭގައި ސޯމާލިއާގެ ކަނޑުގެ ސަރަޙައްދުގައި ހަތިޔާރު އެތެރެކުރުމާއި، އިންސާނީ ވަގުފާރިކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހިމެނޭ ގޮތަށް ނާޖާއިޒު އެތައް ޙަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް ރިޕޯޓްތަކުގައި، އެ ޙަރަކާތްތަކާއި ގުޅުވާފައިވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާ އެވެ. އެގޮތުން، އިޒުރޭލާއި، ޢަރަބި ޢިމާރާތުގެ އިތުރުން، ބައިނަލްއަޤުވާމީ ކްރިމިނަލް ނެޓްވޯކްތައް ހިމެނެ އެވެ. އަދި އޭގެ ސަބަބުން، ސަރަޙައްދީ ސަލާމަތާއި، ހަމަޖެހުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައިވެއެވެ.

އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅިފައިވައި ވަނީ، ބާބް އަލް މަންދަބް ކަނޑުއޮޅީގެ އިސްތިރާޖީ ކަނޑުގެ ސަރަހައްދުގައި، ފެޑެރަލް ރިޕަބްލިކް އޮފް ސޯމާލިއާ އިން ހަރުކަށި ކޮންޓްރޯލްތަކެއް ޤާއިމު ކުރުމަށް އިޢުލާން ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސޯމާލިއާ އިން ބުނެފައިވާ ގޮތުގައި، އިޒުރޭލާއި، ޢަރަބި ޢިމާރާތް ހިމެނޭ ގޮތަށް ބޭރުގެ އެއްވެސް އިޖުރާމީ ބާރަކަށް، އެ ޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާއި ޚިލާފު އެއްވެސް ޙަރަކާތެއް އަދި ދަތުރުތަކެއް ނުކުރެވޭނެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި، އެ ފިޔަވަޅަކީ ކަނޑުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ޤައުމުގެ އިސްތިޤުލާލު ރައްކާތެރި ކުރުމާއި، ހޯރން އޮފް އެފްރިކާއާއި، އަދި އެއަށް ވުރެ ދުރުގައި ހަމަނުޖެހުން އިތުރުވެދާނެ ހަރަކާތްތައް ހުއްޓުވުމަށް، ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތުގެ ބައެއް ކަމުގަ އެވެ.

އެ ސަރަޙައްދުގައި މެރިޓައިމް އެންފޯސްމަންޓް އޮޕަރޭޝަންތައް ކުރިއަށްދާ އިރު ޙާލަތު އަދިވެސް އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.