ސީޓީ ސްކޭންގެ ހިދުމަތް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެދުކެނޑިފައިވާތާ ދުވަސްތަކެއް ފަހުން އެ ހިދުމަތް އަލުން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ކުރިއެކޭ އެއްގޮތަށް މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ.
ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑި އެކަމުގެ ޝަކުވާތައް އާންމުން ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވެސް އޭއީއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑުނެވެ. އޭރު ހޮސްޕިޓަލުން ބުނީ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ދާދި ފަހުން އޭއީއެޗްގައި ވަނީ އެމްއައިއާރްގެ ހިދުމަތް ވެސް ކެނޑިފަ އެވެ.
އެކަމާ ގުޅިގެން މި މަހުގެ 15 ގައި ނެރުނު ބަޔާނެއްގައި އޭއީއެޗުން ބުނެފައި ވަނީ ބުނީ އެމްއާރްއައި މެޝިން މަރާމާތު ކުރުމުގެ ތެރޭގައި މެޝިންގެ ކޮމްޕިއުޓަ އިމޭޖް ނޯޓް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭގައި މެޝިނަށް އިތުރު މައްސަލައެއް ދިމާވެފައިވާތީ އެކަމަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.