Last Updated: June 18, 17:27
Thursday, June 18, 2026
ޚަބަރު

ކަރަންޓް ބިލު ބޮޑުވާތީ ނިޒާރު ވެސް ކަންބޮޑުވެއްޖެ!

ކަރަންޓު ބިލް އާދަޔާއ ޚިލާފަށް ބޮޑުވާތި އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ފާޅު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ މި ދަނޑިވަޅުގައި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުން މިހާލަތު ދިމާވި ގޮތް ބަލައި ރައްޔިތުންނަށް ސާފުކޮށް ކިޔައި ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކަރަންޓް ބިލު ބޮޑުވުމުގެ ޝަކުވާތައް ރާއްޖޭގެ އެކި ހިސާބުން ފެންމަތިވެ، ބައެއް ރަށްރަށަށުގައި ކަރަންޓްގެ ހިދުމަތް ކުންފުނިތަކާ މުޒާރަރާ ވެސް ކޮށްފައިވެ އެވެ.

ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިންނެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ދެނީ ފެނަކައިންނެވެ.

ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވުމުގެ ޝަކުވާ އަކީ މި ފަހުން ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.