Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

ނާޒިމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން އަންގާރަ ދުވަހު

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ޖަލުހުކުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އަންނަ އަންގާރަ ދުވަހު ކުރުމަށް ހައިކޯޓުން ނިންމައިފިއެވެ.

ކުރިން އަޑުއެހުން ނިންމާލައި ހުކުމް ކުރުމަށް ހަމަޖެހިފައި އޮތް މައްސަލަ އަލުން އިތުރު ބައެއްގެ ހެކިބަސް ނެގުމަށް ކޯޓުން ނިންމައި މިއަދު ވަނީ އެހެކި ބަސް ނަގާފައެވެ. މިއަދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުރިއަށް ގެންދިޔައީ ނާޒިމް ދިރިއުޅުއްވާ ގޭގެ ތެރެއަށް ވަން ސޮވޮޓް ޓީމްގެ ހަތް މީހެއްގެ ހެކިބަސް ދިނުމުގެ ޝަރީއަތެވެ.

ތަފްސީލް އަންނަނީ…