Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

މަނާ ބޭސް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް ރާއްޖެ އަށް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވެލާޓާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މި މަހުގެ 22 ގައި އެ ތަކެތި އެތެރެކުރި މައްސަލައިގައި އަތުލައިގަތީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ. އެއީ ޝިފުލް، 40، އާއި ސަޖިބް، 32، އެވެ.

ފުލުހުން ބުނީ އެ މީހުން މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި އިރު، އެ މީހުން އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1،105 ކިލޯގްރާމް ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނ ަލް ކޯޓަށް ހާޒިރު ކުރުމުން ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.