ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ކުރިއަރުވަން އުފައްދާފައިވާ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ބޯޑަށް މިއަދު ހަތަރު މެންބަރަކު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭން ބޯޑް (ޕީސީބީ) އިން ވީއެމްސީގެ ބޯޑަށް މިއަދު އައްޔަންކުރި ބޭފުޅުންނަކީ ހުދާ ފަހީމާއި އައިޝަތު މަލްހާ އާއި އަލީ ޝިނާންގެ އިތުރުން އައިޝަތު އަލީ އެވެ.
ވީއެމްސީގެ ސީއީއޯ/އެމްޑީ އަކީ އިބްރާހީމް ޝިއުރީ އެވެ.
އެ ކުންފުނީގެ ބޯޑަށް މިއަދު ހަތަރު މެންބަރަކު އައްޔަންކުރި އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވީއެމްސީގެ ބޯޑަށް ސަބީހާ އަހްމަދު ވެސް އައްޔަންކޮށްފައިވެ އެވެ. އޭރު އޭނަ ހުންނެވީ އެ ކުންފުނީގެ ސީއޯއޯގެ މަގާމުގަ އެވެ.