Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ

މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަމަށާއި، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން ފެނަކައިން އެދިއްޖެ އެވެ.

ފެނަކައިން ބުނީ ކޮންމެ އަހަރަކުވެސް މާރިޗު، އޭޕްރިލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެނެމް ހޫނުގަދަ ދުވަސްވަރަކަށް ވެފައި، ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރުކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.

ނިމިދިޔަ މާރިޗު މަހުގެ ބިލްތައް ބޮޑުވެ އާންމުންގެ ކަންބޮޑުވުން އޮތް މި ދަނޑިވަޅުގައި ފެނަކައިން ބުނީ މާރިޗު މަހުގެ ރީޑިން ނެގުމުގައާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލު ކޮށްފައިވާނީ އެހެން މަސްމަހުގައިވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ.

އެ ކުންފުނިން އަމަލުކުރަމުންދާ އުސޫލަކީ، ޤާނޫނާއި ގަވައިދުތަކުން ކަނޑައެޅި އާންމު ކުރެވިފައިވާ އުސޫލު ކަމަށާއި އެ އުސޫލާއި ޚިލާފަށް އެ ކުންފުނިން ޚިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރުކަމެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ.

މީގެއިތުރުން ފެނަކައިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.